ސްމޯލް އައިލެންޑްސް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) މަހާސިންތާގައި އެންމެ ފަހުން ރާއްޖޭގެ ވެރިއަކު ބައިވެރިވެވަޑައިގެންފައި ވަނީ 1994 ގައެވެ. ދިވެހި ވަފްދުގެ އިސްވެރިއަކަށް ހުންނެވީ އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. އޭގެ ފަހުން، 30 އަހަރުވެގެން ދިޔައިރުގައި ވެސް އެ މަހާސިންތާގައި ރާއްޖޭގެ ވެރިއަކު ބައިވެރިވެވަޑައިނުގަންނަވައެވެ. މީގެކުރިން ވެރިކަމަށް ވަޑައިގެންނެވި ހަތަރު ރައީސުން ކަމުގައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޝައުގުވެރިވެވަޑައިނުގެންނެވީ ކަމަށް ވެދާނެއެވެ. އެކަމަކު، ނޮވެމްބަރު 17، 2023 ގައި ވެރިކަމަށް ވަޑައިގެންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު ފެނުނީ މިކަމުގައި ވެސް ވަރަށް…